ads
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވަނީ
އިންޖިނޭރިން ތަހުލީލްތައް ކުރަން ރާއްޖޭގައި ލެބޯޓްރީއެއް އަޅާނަން : މުއިއްޒު
ރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަހުލީލާއި ދިރާސާތައް ކުރެވޭނެ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ދެއްވި މެސެޖެއްގައެވެ. 

އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަޔތަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޖިނިއަރިން ދާއިރާއަށް އިތުރު ދިވެހިން ނެރެންޖެހޭކަމަށެ ވެ. އެގޮތުން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ޙާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދައިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެ ވެ. 

އެގޮތުން ރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަހުލީލާއި ދިރާސާތައް ކުރެވޭނެ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރުމަށް ނިންމަވާފައިވާކަމަށް ރައިސް މުއިއްޒު ވިދާޅުވި އެވެ. އަދި މި ލެބޯޓްރީން ދިވެހި ދަރިވަރުންނަށާއި، ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

" އެލެބޯޓަރީގައި ސިވިލް އިންޖިނިއަރުން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިން، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިން ހިމެނޭހެން އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ތަހުލީލުތައް އަދި ދިރާސާތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި އެތަނަކީ ރާއްޖޭގައި އެދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުންއައިސްވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުސަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ހަދާނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، ހަމަޖައްސެވީ މިދިޔަ އަހަރު އެވެ. އެދުވަސް ފާހަގަކުރަނީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެން ނެވެ.  



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;