ރޭ އިރާކޮޅު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީ ހިންގި މި އެކްސިޑެންޓްގައި 9 އަހަރުގެ ކުއްޖެއް ހާލު ސީރިއަސްވެ އަންނަނީ ފަރުވާދެމުން ނެވެ. މި ކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ދެ ކާރެއް ޓޯކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭ އެކްސިޑެންޓްވީ ސަރަހައްދުގައި މަގު ދެ ފަރާތުގައި ދެ ކާރު އޮތްތަން ފެނެ އެވެ.
ފުލުހުން ބުނީ ރޭ ހިނގި އެކްސިޑެންޓް ހިނގީ ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ސައިކަލަކުން ޖެހިގެން ނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;