ads
ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތުން ވަނަވަނައަށް އައި ފެތުންތެރިންނަށް އިނާމު ހަވާލުކުރަނީ. - ފޮޓޯ/ދިރާގު
ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ އިނާމުތައް ހަވާލުކޮށްފި
ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައި، އެ މުބާރާތުގެ ވަނަތަކަށް ދިޔަ ފެތުންތެރިންނަށް އިނާމު ދީފި އެވެ.
Advertisement

މި މަހުގެ 22 އަދި 23ގައި މާލޭ ރަސްފަންނުގައި 420އަށް ވުރެ ގިނަ ފެތުންތެރިންނާ އެކު ކުރިއަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވައިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި މިއަހަރު މުޅި މުބާރާތުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަޔެޝާ ޒާޔާ ހުސައިން އެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިބްރާހިމް ޔުއާން ޝަމީމް އެވެ. މުބާރާތުގެ އެންމެ މޮޅު ސްވިމިން ކްލަބަކަށް ހޮވުނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ.  

މި މުބާރާތުގެ އެއް ކިލޯ މީޓަރު ކެޓަގަރީގެ އެއް ވަނަ އަންހެން ފެތުންތެރި އަކީ މެރަލް އައިން ލަތީފް އެވެ. އަދި ދެ ވަނަ އަންހެން ފެތުންތެރިއަކަށް އަލްޔާ އަޝްރަފް ހޮވުނު އިރު ތިން ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އައިޝަތު އަލީނާ ޝާހިދު އެވެ. 

އެ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރިއަކީ އިބްރާހިމް ޔުއާން ޝަމީމް އެވެ. އަދި ދެ ވަނަ ފިރިހެން ފެތުންތެރިއަކަށް ޔޫސުފް ޒިޔާން ޒާހިދު ހޮވުނު އިރު ތިން ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވުނީ އިޒްޔާން ނާޒިމް އެވެ. 

your image500 މީޓަރު ކެޓަގަރީގެ އެންމެ މޮޅު ފިރިހެން ފެތުންތެރިން. - ފޮޓޯ: ދިރާގު


އެ މުބާރާތުގެ 500 މީޓަރު ކެޓަގަރީގެ އެއް ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އަޔެޝާ ޒާޔާ ހުސައިން އެވެ. އަދި ދެ ވަނަ އަންހެން ފެތުންތެރިއަކަށް ފާތިމަތު ލައްޔާހް ޝާހިދު ހޮވުނު އިރު ތިން ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ އާއިޝަތު އައިޝްކާ ސަމީރު އެވެ. 

އެ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރި އަކަށް ހޮވުނީ އިބްރާހިމް ޔުއާން ޝަމީމް އެވެ. އަދި ދެ ވަނަ ފިރިހެން ފެތުންތެރިއަކަށް މުހައްމަދު އަރާން ޝަމީމް ހޮވުނު އިރު ތިން ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވުނީ ނޫމާން މުހައްމަދު ނަސީފް އެވެ. 

މި މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މިފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;