ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
އަޅުގަނޑުމެން މިކަން ކުރަނީ އެނގި ތިބެ ކަން ކުރަންވާގޮތަށް : މުއިއްޒު
މި ސަރުކާރު ކުރާކަންކަން މިކަން ކުރަނީ ކަންކަން ކުރަން އެނގި ތިބެ ކުރަންވާގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލް ތަސްދީގުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ގާނޫނަށް ގެނައި ބަދަލު ބައެއް ރިސޯތްތަކުން އާމްދަނީ އޮޅުވާލާނެކަމަށް ބައެއް ރިސޯޓް ވެރިން ބުނެފއިވާކަމަށެ ވެ.

މަކަރު ހަދާ ދޮގު ހަދަންވެސް މަސައްކަތް ކުރެވިދާނެކަމަށާއި އެކަންވެސް ހުއްޓުވާނެކަމަށް ރައީސް މުއިިއްޒު ވިދާޅުވިއެވެ. އެގޮތުން އެފަދަ ނިޒާމުތައް މިއަދު ތަސްދީގުކުރި ބިލަތކުން އައިސްފައިވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ޓްއަރިސްޓަކު އައިކަމާއި އޭނަ ދިޔަތަނާއި އޭނާ ފުރިކަން އެނގޭނެ ނިޒާމު މީގެ އެއްމަސް ފަހުން ރަސްމީ ނިޒާމުތަކުން ފެންނާނެގޮތް ހަދާނެކަމަށެ ވެ.

" މީގެކުރިން ދުވަސްތަކެއްގައި ފަހަރުގައި ރާއްޖޭގައި ހުރެދާނެ މަކަރު ހަދައިގެން ސަލާމަތްވެވޭނެ ގޮތް. އެކަމަަކަށް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެނަން އިނގޭތޯ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ކުރާކަންކަން މިކަން ކުރަނީ ކަންކަން ކުރަން އެނގި ތިބެ ކުރަންވާގޮތަށްކަމަށެވެ. އަދި ވަކި މީހަކަށް ތަފާތު ނުކުރާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

" ވަރަށް ފާމްވާނެ. މިސަރުކާރުން ހައްގު ގާއިމުކުރުމުގައި ވަރަށް ފާމްވާނެ. އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ، ތަފާތެއް ނުކުރާނެ. " ރައީސް މުއިއްޒު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;