ads
މީގެފަހުން ގަވައިދާ ހިލާފަށް މަގުހުރަސްކޮށްފިނަމަ ޖޫރިމަނާ ކުރާނެ
މީގެ ފަހުން ގަވާއިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ 100ރ ޖޫރިމަނާކުރާނެ
މީގެ ފަހުން ގަވާއިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ 100ރ ޖޫރިމަނާކުރަން ނިންމައިފި އެވެ.
Advertisement

ގަވައިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ ޖުރިމަނާކުރަން ނިންމާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުގެ ބިލް ރައިސް މިއަދު ވަނީ ތަސްދީގުކުރައްވާފައެވެ.  

2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށައެޅީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާމިން ހަބީބެވެ. 

މި ބިލް މަޖިލިހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުން ނެވެ.

އަލަށް ހެދި ގާނޫނުގައިވާ ގޮތުން މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާ ހިލާފުވާ އެކަމަކު ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ މީހުންނަށް ދެވޭނެ ޖޫރިމަނާގެ އަދަބުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. ގަވާއިދާ ހިލާށް މަގު ހުރަސް ކޮށްފި ނަމަ ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގަވާއިދާ ހިލާށް މަގު ހުރަސް ކޮށްފި ނަމަ އެ މީހަކު 100ރ. އިން ޖޫރިމަނާ ކުރަން ގާނޫނުގައި ވަނީ ހިމަނާފަ އެވެ. 

ގާނޫނަށް ގެބައި ބަދަލުތަކުގެ ތެރޭގައި އުޅަނދަށް 20 އަހަރުވުމުން ރަޖިސްޓްރީ ބާތިލުކުރުމާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމާއި ބައެއް އުޅަނދުތަކުގެ އަހަރީ ފީތައްވެސް ޑަބްލަ ބޮޑުކުރަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ޑޮމެއިނަށް ބޮޑު ފީއެއްވެސް ނެގުމަށް ވަނީ ހިމަނާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;