ads
ޕްރިންސިޕަލް ރަޖެންދުރަ ދާވާދީ
ނޭޕާލުގައި ފެން ބޮޑުވުން: ޕްރިންސިޕަލެއްގެ ހުށިޔާރުކަމުން 1643 ސްކޫލް ކުދިންގެ ފުރާނަ ސަލާމަތްކުރި
ނޭޕާލަށް ކުއްލިއަކަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއްގައި ފެންގަނޑު ސްކޫލަކާ ދިމާއަށް އަންނަން ފެށުމާއެކު، އެ ސްކޫލުގެ ޕްރިންސިޕަލް ދެއްކި ހުށިޔާރުކަމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 1643 ދަރިވަރުންގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
Advertisement

ޕްރިންސިޕަލް ރަޖެންދުރަ ދާވާދީ މި ކުދިން ސަލާމަތްކުރީ ފެންގަނޑު އައިސް ސްކޫލަށް ވަނުމުގެ ކުރިން މަދު މިނެޓުކޮޅެއްގެ ކުރިންނެވެ.

ރިޕޯޓުތައް ބުނާގޮތުން، ފެންގަނޑު ސްކޫލާ ދިމާއަށް އަންނަކަން އެނގުމާއެކު ޕްރިންސިޕަލް ވަނީ ވަގުތުން ސްކޫލުގެ ރަނގަބީލު ޖަހައި، ހުރިހާ ކުދިން ސްކޫލުން ނެރުމަށް އަންގާފަ އެވެ. އަދި ސްކޫލުގެ ބަސްތައް ގެނެސް ވަރަށް އަވަސްކަމާއެކު ހުރިހާ ކުދިން ރައްކާތެރި ހިސާބަކަށް ގެންދިޔައެވެ. ދަރިވަރުން ސަލާމަތްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޮޑު ފެންގަނޑު އައިސް ސްކޫލުގެ އިމާރާތްތައް ވަނީ މުޅިން އޮޔާ ގޮސްފަ އެވެ.

މި ކާރިސާއަކީ ގްލޭޝިއާއެއް ފަޅައިގެންގޮސް ފެންގަނޑު ބޮޑުވެގެން ނޭޕާލް އަދި ޓިބެޓަށް ކުރިމަތިވި ވަރަށް ނުރައްކާތެރި ހާދިސާއެކެވެ. މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މި ސަރަހައްދަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ ކަމަށް މީޑިއާތަކުން ފާހަގަކުރެ އެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދިން ފަރާތްތަކުން ބުނީ، ޕްރިންސިޕަލް އެ ވަގުތު އެހާ އަވަސް ނިންމުމެއް ނުނިންމި ނަމަ، މިއީ ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ހިތާމައަކަށް ވީސް ކަމަށެވެ. އެތައް ސަތޭކަ ބަޔަކު މަރުވެގެންދިޔަ މި ބޮޑު ކާރިސާގެ ތެރެއިން ވެސް، ސްކޫލް ކުދިންތައް ސަލާމަތްވި ހަބަރު ވެގެންދިޔައީ ގިނަ ބަޔަކަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނު ކަމަކަށެވެ.

ކުއްލި ހާލަތުގައި ޕްރިންސިޕަލް ދާވާދީ ދެއްކި ހިތްވަރާއި ހުށިޔާރުކަމަށް މުޅި ދުނިޔޭގެ މީޑިއާތަކުން އަންނަނީ ތައުރީފު ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ނޭޕާލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީހުން ސަލާމަތްކުރުމާއި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;