މައިކަލް ޖެކްސަންގެ އުފަންދުވަހާ ގުޅިގެން ބަބްލްސްގެ މިހާރުގެ ހާލަތު އާންމުކޮށްފައިވާއިރު، ރާމާމަކުނު މިހާރު ވަނީ އާންމުންގެ ސަމާލުކަމުން ދުރުވެ ރިޓަޔާވެފަ އެވެ.
މީގެ އަހަރުތަކެއް ކުރިން މައިކަލް ޖެކްސަންއާއެކު މުޅި ދުނިޔޭގައި ދަތުރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ޖަނަވާރުގެ ދިރިއުޅުމަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ކުރިން ޕޮޕް ކަލްޗާގެ އައިކަންއެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ފްލޮރިޑާގެ ސެންކްޗުއަރީގައި ބަބްލްސް މިހާރު ހޭދަކުރަނީ ވަރަށް އާދައިގެ އަދި ހިތްހަމަޖެހޭ ދުވަސްތަކެކެވެ.
އެ މަރުކަޒުގައި ބަބްލްސްގެ އާންމު ދިރިއުޅުން ބައްޓަންކޮށްފައިވަނީ އޭނާއަށް އެންމެ ހިތްހަމަޖެހުން ލިބޭނެ ފަދަ ގޮތަކަށެވެ. އެގޮތުން އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަނީ އެކި ކަހަލަ މަންޒަރުތައް ކުރެހުމުގައްޔާއި، ފްލޫޓް މިއުޒިކްގެ ހިތްގައިމު ރާގުތައް އަޑުއެހުމުގަ އެވެ.
މައިކަލް ޖެކްސަން މި ދުނިޔެ ދޫކުރި ނަމަވެސް، ބަބްލްސްގެ ވާހަކަތަކަކީ އަދިވެސް އޭނާގެ ސަޕޯޓަރުން ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހާ ވާހަކަތަކެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ އުސްމިނުގައި އުޅުމަށްފަހު، މި ޗިމްޕާންޒީ މިހާރު ހޭދަކުރަމުންދާ އަމާން ދިރިއުޅުމަކީ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;