ރިޕޯޓުތައް ބުނާގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ ރާކީ އާންމުންނަށް ހިލޭ މުސައްލަ ބަހަން ފެށުމާއެކު، ގިނަ އަދަދެއްގެ ބަޔަކު އޭނާ ވަށާލުމުންނެވެ. އެތައް ބަޔަކު އެއްފަހަރާ އެއްވުމުގެ ސަބަބުން މީހުންގަނޑު ކޮންޓްރޯލް ނުކުރެވި، ރާކީ ވަނީ މީހުންގަނޑު ތެރޭގައި ތާށިވެ ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.
މީހުންގަނޑުގެ ތެރޭގައި ތާށިވި ވަގުތު ބައެއް މީހުން ވަނީ އޭނާގެ ގަޔަށް އަތްލައި، އޭނާ އަޅައިގެން ހުރި ބުރުގާއަށް ވެސް ދަމައިގަނެފައެވެ. މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ރާކީ އުޅެނީ އެމީހުންގެ ކިބައިން ސަލާމަތް ނުވެވިގެން ވަރަށް އުނދަގޫ ހާލަތެއްގަ އެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ރާކީ ބުނީ، އޭނާ މައްކާއަށް ދިޔައީ ވަރަށް ހެޔޮ ނިޔަތެއްގައި ނޭޕާލްގެ ރައްޔިތުންނަށް ދުއާކުރުމަށް ކަމަށެވެ. އަދި މުސައްލަ ބަހަން އުޅުމުގެ ތެރޭގައި މީހުން އޭނާއާ މެދު އަމަލުކުރި ގޮތުން ވަރަށް ބޮޑަށް ދެރަވެ ބިރުގަތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ރާކީ ފާތިމާގެ ނަމަށް ބަދަލުވެ، އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާ އަންނަނީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ. ނަމަވެސް މައްކާ ފަދަ މުގައްދަސް ބިމެއްގައި އޭނާއަށް މިފަދަ ހަމަލާއެއް އަމާޒުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;