ads
ޒަކާތްް ބަހަނީ
ބޯހިޔާވަހިކަން ނެތް މީހުންނަށް މުދަލު ޒަކާތުން ދޮޅުލައްކަ ރުފިޔާ ދޫކޮށްފި
އަސާސީ ބޯހިޔާވަހިކަން ނެތް މީހުންނަށް މުދަލު ޒަކާތުން ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ މަހު ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ މިދިިޔަ ޖުލައިމަހު މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާކިޔާއިރު 44.2 އިންސައްތަ އިތުރު އަދަދެއްކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 12,040,524.09 ރުފިޔާ އެވެ. އަދި މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 17,366,787.29 ރުފިޔާ އެވެ. މި އަދަދާއި އެކު މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. 

މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިދިޔަމަހު ޒަކާތު ހައުސްއިން އެންމެ ބޮޑު އަދަދެއް ހޭދަކުރީ ފަގީރުންނާއި މިސްކީނުންނަށްކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. އެގޮތުން ފަގީރުންނާއި މިސްކީނުންނަށް 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. މީގެއިތުރުން އަސާސީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް 155,950 ރުފިޔާ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. 

މުދަލު ޒަކާތް ދޫކުރި ބައިތަކާއި އަދަދުތައް

  • 1.75 މިލިއަން ރުފިޔާ / ފަގީރުންނާއި މިސްކީނުންނަށް
  • 1.48 މިލިއަން ރުފިޔާ / ބޭސްފަރުވާގެ އެހީގެ ގޮތުގައި
  • 115,250 ރުފިޔާ / ޒަރޫރީ ބޭނުންތަކަށް 
  • 155,950 ރުފިޔާ ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 
  • 58،805.88 /  މަތީ ތައުލީމަށް 
  • 697،940.22 / ގުރުއާތްނ ހިތުދަސްކުރުމާއި ގުރުއާން އިލުމު ފެތުރުމަށް

ޒަކާތު ހައުސްއިން ބުނީ އެތަމނުގެ އިދާރީ މުވައްޒަފުންނަށް މިދިޔަ މަހު މުދަލު ޒަކާތުން 189،372.49 ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް