ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލު ރައްޔިތުން މަޖިލިސް އިން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
ގާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި އެ ރިސޯޓެއްގެ އާމްދަނީގެ %20 މާރު ކުރަން ޖެހޭ ގޮތަށް އޮންނަ އޮތުން %40 އަށް ބަދަލު ކުރަން ޖެހޭނެކަމަށެވެ. އަދި އެ ފައިސާ ޖެހިގެން އަންނަމަހުގެ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭނެކަމަށްވެސް ގާނޫނުގައި ވެއެވެ.
މީގެއިތުރުން ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވާ ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީހުންގެ އާމްދަނީގެ %40 ވެސް މާރު ކުރަންޖެހޭނެކަމަށްވެސް ގާނޫނުގައި ވެއެވެ. އެހެންނަމަވެސް އެފަދަ ތަންތަނަކީ %100 ދިވެހިން ހިއްސާވާ ތަނެއް ނަމަ، މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭ ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ %7 ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;