ރައީސް މިހެން ވިދާޅުވީ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބިލު މިއަދު ތަސްދީގުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި އެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވި އިރު، އެ ވަރުގެ އަދަދެއް މާރު ކުރުމަކީ ރިސޯޓުތަކަށް އުފުލޭ ވަރުގެ ބުރައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވަނީ ބުނެފަ އެވެ.
އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ހާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;