ރައީސް މިހެން ވިދާޅުވީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލް ތަސްދީގުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހައްގ ހޯދައިދޭއިރު ވަކި ބަޔަކު މުއްސަނދުވެފައި ދެން ތިބި މީހުން ތަކްލީފުތައް އުފުލަން ނުޖެހޭނެކަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެންނަ އެމަނިކުފާނު މަސައްކަތް ފެށުމުން ބައެއް ފަރާތްތަކުން ރާއްޖޭގެ ބަޖެޓް ކުޑަކުރަން ބުނިކަމަށެވެ. އަދި އެމީހުން އެދުނީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ހުއްޓާލަންކަމަށާއި އެހެން ނޫނީ ޑޮލަރު ތާށިކޮށް ކަޅު ބަޒާރުގައި ވިއްކާނެކަަމަށް ބުނިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެއީ ކޮން ބައެއްކަމެއް ރައީސް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ރައީސްގެ ވާހަކަތަކުން އެއީ ރިސޯޓް ހިންގާ ވެރިންކަން އެނގެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިސޯތްތައް ހިންގސަނީ ރާއްޖޭގައިކަމަށާއި އެއީ ދައުލަތުގެ އެއްޗެހިކަމަށެވެ. ރައީސް ވިދާޅުވީ ރިސޯޓްތަކަށް ޑޮލަރު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭނެކަމަށެވެ. އަދި ރިސޯތްތަކުން ޑޮލަރުން މުސާރަދޭ މުވައްޒަފުންނަށް މުސާރަވެސް ދޭންޖެހޭނީ ޑޮލަރުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ގާނުނު ތަންފީޒުކުރާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;