ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގާފަ އެވެ.
ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ވެއްދި އަދަދުތައް
އެ މަސައްކަތާއި ގުޅޭގޮތުން މިއަދު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ކުންފުނިތަކުން އެތައް ސަތޭކެ މުވައްޒަފުންނެއް އެދަނީ ވަކިކުރަމުން ކަމަށެވެ. އެގޮތުން 6000 ވުރެ ގިނަ މުވައްޒަފުން ވަކިކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގައިއ ތިބި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގެ އިސް ތަރުޖަމާނު ވަރަށް އަވަހަށް އެ އަދަދުތައް ހަމާކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;