ރައްޔިތުން މަޖލީހުން ފާސްކުރި ހަތް ބިލެއް ތަސްދީގުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެ ވެ.
އެގޮތުން ކުރާ މަސައްކަތްތައް ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ ރަނގަޅަށް އާމްދަނީ ލިބޭ އިންކަމްޓެކްސ ދައްކާ މުއްސަނދިނަށް އެންމެ އާއްމު ރައްޔިތުންނަށް ދައުލަތުން ދޭ ލުއިތަކާއި އިނާޔަޔްތައް ލިބެން ނުޖެހޭކަމަށެވެ. އެހެންކަމުން އެކަމަށްވެސް ދިރާސާތަކެއް ނިންމަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސަރުކާރުގެ ކުންފުނުތަކުން 6000 ވުރެ ގިނަ މުވައްޒަފުން ވަކިކުރާނެކަމަށްވެސް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އާސަންދައަށް ކުރި ހަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީރާގެ ޖުލައިމަހުގެ ހިސާބުތައް ދައްކާގޮތުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 799 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;