ފުލުހުން ބުނީ ރެއިޑް ކުރަމުން އަންނަނީ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ކަމަށެވެ.
ފުލުހުން ބުނީ އެކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ ތަނެއްކަމަށެވެ.
އެތަނުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ.ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންގެ ނެޓްވޯކެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެމީހުންގެ އެކައުންޓްގައި 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު ހުރިކަމަށްް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;