ads
ރާއްޖެއިން ބައިވެރިވި އައިޓީބީ ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑް - ފޮޓޯ/ ވިޒިޓް މޯލްޑިވްސް
ރިސޯޓުތަކުގެ ކޮޓަރި ވިއްކާ ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު ދޭން އަންގައިފި
ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ޓްރެވަލް އެޖެންސީތަކުން ރާއްޖޭގެ ރިސޯޓްތަކުގެ ކޮޓަރި ވިއްކުމުގައި މުއާމަލާތް ކުރާ ބޭރުގެ އޭޖެންސީތަކާއި ބުކިން ޕްލެޓްފޯމްތަކުގެ މައުލޫމާތު ރިޕޯޓް ކުރުމަށް ހަފްތާއެއްގެ މުއްދަތު ޓެކްސް އިދާރާ މީރާއިން އިން ދީފި އެވެ.
Advertisement

ޓީޖީއެސްޓީ ދައްކާ ހުރިހާ ވިޔަފާރިއަކަށް މިރާއިން އިން ފޮނުވި ސާކިއުލާއެއްގައި ވަނީ އިއްޔެ ތަސްދީގުކުރި ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖޭގައި ދާއިމީ ތަނެއް ނުހުންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އޭޖެންސީތަކާއި ބެޑް ބޭންކުތައް ފަދަ ފަރާތްތައް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.  

އެހެންކަމުން ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކާއެކު މުއާމަލާތްކުރާ ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް އަންގަން ވަނީ އެދިފަ އެވެ. އަދި އެ މައުލޫމާތުތައް މީރާގެ އިންފޮމޭޝަން ސަބްމިޝަން ޕޯޓަލް މެދުވެރިކޮށް އަންގަންވެސް ވަނީ އަންގާފަ އެވެ. 

ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި، ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުންކަމަށް ސަރުކާރުން ބުނެ އެވެ.
މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީއެސްޓީ ނެގޭނެ މުދަލާއި ހިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެ ވެ.

މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 އިންސައްތައިގެ ރޭޓުން ނެވެ.

އަލަށް ތައާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި މި އިސްލާހާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެ އެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށް ގާނޫނަށް އިސްލަހު ގެނެސްފައިވާއިރު ޓިއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު، ހަމަހަމަ ގޮތެއްގައި އެކަން ތަންފީޒުކުރުމަށް ގޮވާލާ ރާއްޖޭގެ ފަތުރުވެރިކަން ވިއްކާ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;