2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އިއްޔެ ވަނީ އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފަ އެވެ.
އެ ގާނުނުގައިވާ ގޮތުން އެއްވެސް ފަރާތަކުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައ،ި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ކުށެއްކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ގާނޫނުގައި މި ކުށަށް ދީފައިވާ އަދަބުތައް
މީގެއިތުރުން ކުށްކުރި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ބާތިލުކޮށ،ް އެ މީހެއްގެ ލައިސަންސް ބާތިލުކުރުމުގެ ބާރުވެސް ވަނީ ގާނޫނުގައި ދީފަ އެވެ. އަދި އެ މީހަކީ ލައިސަންސް ނެތް މީހެއް ނަމަ އޭނާއަށް ލައިސަންސް ހޯދަން 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަަކަށް ހުށަނޭޅޭނެކަމަށްވެސް ގާނޫނުގައި ވެއެވެ.
އަދި ކުށްކުރި މީހާގެ އެއްގަމު އުޅަނދު ލައިސަންސް ބާތިލުކޮށްފައިވާނަމަ އަުން އޭނާއަށް ލައިސަންސް ހެދޭނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް އަލުން ފާސްވެގެންކަމަސްވެސް ގާނޫނުގައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;