ނޯސް އެޓްލާންޓިކް އެއާވޭސް އިން މައުލޫމާތު ދޭ ގޮތުގައި، ދަތުރުތައް އެއްކޮށް ހުއްޓާލައި ބަންގުރޫޓުވިކަން އިއުލާންކުރަން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އެ ކުންފުނިން ބޭނުންކުރަމުންދިޔަ ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ ހުރިހާ 12 ބޯޓުގެ ލީސް އެގްރީމަންޓްތައް، ބޯޓުތައް ކުއްޔަށްދިން ކުންފުނިތަކުން ބާތިލުކުރުމާ ގުޅިގެންނެވެ.
އެއާލައިންގެ ބޯޓުތަކުގެ ލީސް އެގްރީމަންޓްތައް ބޯޓު ކުއްޔަށްދޭ ކުންފުނިތަކުން ބާތިލުކުރަން ޖެހުނީ، ނޯސް އެޓްލާންޓިކް އެއާވޭސްއަށް ލިބެމުންދިޔަ ބޮޑެތި މާލީ ގެއްލުންތަކުގެ އިތުރުން ދަތުރުފަތުރަށް ބޭނުންކުރާ ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުންނެވެ. މިއާއެކު ކުންފުނީގެ ހުރިހާ ފްލައިޓް އޮޕަރޭޝަންތަކެއް ވަނީ ވަގުތުން ހުއްޓާލާފައެވެ.
މާލީ ގޮތުން ކުރިމަތިވި މި ބޮޑު ގެއްލުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން 12 ބޯޓުގެ ލީސް ބާތިލުވެ، އެއާލައިންގެ ހުރިހާ ދަތުރުތަކެއް މިވަނީ އެއްކޮށް މެދުކެނޑިފައެވެ. އަދި ކުންފުނި ބަންގުރޫޓުވިކަން އިއުލާންކުރުމުގެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެކަން އެއާލައިނުން ވަނީ ހާމަކޮށްފައެވެ.