ކަނޑުގެ އަޑީގައި އުފެދިފައިވާ މި ކުޅިތަކަކީ ލޮނުކަން ބޮޑުކަމުންނާއި އޮކްސިޖަން ނެތުމުގެ ސަބަބުން ވިހަ މާހައުލުތަކެކެވެ.
ކަނޑުގެ ދިރާސާތައް ކުރާ ސައިންސްވެރިން ހާމަކުރި ގޮތުގައި، މި ލޮނު ކުޅިތަކުގެ އެންމެ ހާއްސަ ސިފައަކީ އޮކްސިޖަން މުޅިން ހުސްވެފައިވުމާއެކު، އިންތިހާއަށް ލޮނުކަން ގަދަވުމެވެ. މިފަދަ ހާއްސަ ހާލަތެއްގެ ސަބަބުން، ކަނޑުގެ ގަދީމީ މާހައުލީ ނިޒާމުތައް ހަލާކުނުވެ، އެތައް ޒަމާނެއް ވަންދެން ރައްކާތެރިކަންމަތީ ދެމިއޮތުމަށް މަގުފަހިވެގެންދެ އެވެ.
ރަތްކަނޑުގެ އެއް މޭލަށް ވުރެ ފުންމިނުގައި ކުރެވުނު މި މުހިންމު ހޯދުމުގެ ސަބަބުން، ކަނޑުގެ އަޑީގައިވާ ގަދީމީ މާހައުލީ ނިޒާމުތަކާ ބެހޭގޮތުން އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. އަދި މިއީ ކަނޑުގެ އަޑީގެ ސިއްރުތައް ދެނެގަތުމަށް އޯޝަނޯގްރަފަރުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.