އިގްބާލް އެ މަގާމުން ވަކިކޮށްފައިވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ސީއެންއެމް" އަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަނު ކުރެއްވީ 19 ނޮވެންބަރު 2023 ގައެވެ.
އިގްބާލްގެ ކޮއްކޮ އަދި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަލީ އާރިފް ވަނީ މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހު އިސްތިއުފާދެއްވައިފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތު މިއަދު ވެރިކަންކުރާ ޕީއެންސީއަށް ވަނީ ގެއްލިފަ އެވެ. އެގޮތުން މިއަދު ބޭއްވި ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޒައިނާޒް އަޙްމަދަށް 221 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ ކެންޑިޑޭޓު ރިޝްމާ އާދަމަށް ލިބުނީ 278 ވޯޓެވެ.