ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޗެއާޕާސަން ކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މއ. ދޭލިޔާގެ އަބްދުﷲ ފާއިޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.
މިފްކޯގެ ޗެއާޕާސަން ކަމަށް މިއަދު އައްޔަންކުރެއްވި އަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޗެއާމަން ކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ބޯޑުގެ ޗެއަރމަންކަން ފާއިޒު ވަނީ ކުރައްވާފަ އެވެ.
ރާއްޖޭގެ ވިޔަފާރި ޖަމިއްޔާތައް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަމާއި، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ އިތުރުން އެ ޖަމިއްޔާގެ ނައިބު ރައީސްކަންވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;