ads
ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ހުޅުމާލޭގައި އިއްޔެ އެކްސިޑެންޓްގައި އަނިޔާވީ ދެބަފައިންނަށް، ބައްޕަ އޮތީ އައިސީޔޫގައި
ހުޅުމާލޭގައި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން އަންނަނީ ދެބަފައިންނަށް ކަމަށާއި ބައްޕައަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
Advertisement

ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ހެނދުނު 7:44 ހާއިރު މި އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން އަންނަނީ ސައިކަލްގައި އިން ދެމީހުންކަމަށާއި އެއީ އުމުރުން 62 އަހަރުގެ މީހަކާއި 24 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. 

ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ ވިދާޅުވީ އިއްޔެގެ އެކްސިޑެންޓުގައި ޒަހަމްވީ ދެބަފައިންކަމަށެވެ. އަދި އެ ދެބަފައިންގެ ތެރެއިން ބައްޕަ މިހާރު އޮތީ އައިސީޔޫގައި ކަމަށް ޒަހިއްޔާ ވިދާޅުވި އެވެ. މީގެއިތުރުން ދަރިފުޅުވެސް އަދިވެސް އޮތީ ހޮސްޕިޓަލުގައިކަންވެސް ޒަހިއްޔާ ފާހަގަކުރި އެވެ.

އިއްޔެ އެކްސިޑެންޓްގެ ވާހަކަ ދައްކަވަމުން ޒަހިއްޔާ ވިދާޅުވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ޓްރެފިކް އެކަށީގެންވާ ގޮތެއްގައި ފުލުހުންނަށް ނުބެލެހެއްޓޭ ކަމަށެވެ. އެގޮތުން ފޭސް ދޭއްގައި ޓްރެފިކް އެންމެ ބާރު ބޮޑު ސަރަހައްދު ކަމަށްވާ ވިނަރެސް ޓަވަރުތައް ކައިރީ ފުލުހުންނަށް ޓްރެފިކް ނުބެލެހެއްޓޭކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ޒަހިއްޔާ ވަނީ ފާޅުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;