ads
އުރީދޫން ބުނީ އަލަށް ތަރައްގީކުރި އެފްޑީސީގެ ފުލެޓުތަކަށް ދިރިއުޅުން ބަދަލުކޮށް، ސުޕަނެޓުގެ ޚިދުމަތް ގުޅައިދޭން އެދޭތާ ދުވަހެއްތެރޭ އެ ހިދުމަތް ގުޅައިދޭނެ ކަމަށް - ފޮޓޯ: އުރީދޫ
އެފްޑީސީ ފުލެޓުތަކަށް އެދޭނަމަ އެއް ދުވަހުން ސުޕަނެޓު ގުޅައި ދެނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް، އެދޭތާ 24 ގަޑިއިރު ތެރޭގައި އުރީދޫ ސުޕަނެޓް ގުޅައިދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
Advertisement

އުރީދޫން ބުނީ، އެއް ދުވަހުގެ ތެރޭ ސުޕަނެޓު ގުޅައިދިނުމުގެ އިތުރުން ކޮންމެ ކަނެކްޝަނަކާއެކު މަހު ފީއެއް ދައްކަން ނުޖެހޭ ހިލޭ ޓެލެފޯނެއް ވެސް ލިބޭނެ ކަމަށާއި، ހިލޭ 1،000 މިނެޓު ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް ގޭބިސީގެ ބޭނުންތަކަށް ބަލައި އެކި ޕެކޭޖުތައް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އުރީދޫގެ ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ގޭގެ ހުރިހާ ޑިވައިސްތަކަކުން ވެސް ފަސޭހަކަމާ އެކު އިތުބާރު ހުރި އިންޓަނެޓް ހިދުމަތެއް ލިބިގަނެވޭނެ އެވެ.

މި ޒަމާނުގައި އިންޓަނެޓަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުމެއްކަން ފާހަގަކޮށް އުރީދޫން ބުނީ، އެ ކުންފުނިން މަސައްކަތްކުރަނީ ފުލެޓުތަކުގައި ދިރިއުޅެން ފަށާ އާންމުންނަށް ފަސޭހަކަމާއެކު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ސުޕަނެޓަށް އެދި ހުށަހެޅުމާ އެކު އެއް ދުވަހުގެ ތެރޭ ކަނެކްޝަން ގުޅައިދިނުމުން، ޑިޖިޓަލް އެކި ބޭނުންތަކަށް އަވަހަށް އޮންލައިންވެވޭނެ ކަމަށް، އުރީދޫން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;