އެމްއެމްއޭން ދޫކުރާ ހުއްދަ ނެތި އެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު، އެފަދަ މައްސަލަތައް ތަހުގީގުކުރަން ޓާސްކްފޯސް އެއް އެކުލަވާލާފައިވާކަމަށް ރޭ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ދޭން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733އަށް މެސެޖުކޮށް އަންގާ ދިނުމަށް އެދިފަ އެވެ. އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ބުނެ އެވެ.
" މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
ފުލުހުން ވަނީ ކަޅު ބަޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒުކޮށް އެ ކުންފުނީގެ އޮފީހަށް އިއްޔެ ވަދެ ބަލާ ފާސްވެސްކޮށްފަ އެވެ. އަދި އޭގެ ކުރީ ދުވަހު ފުލުހުން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ހަ ބިދޭސީއެއް ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މި ހަ މީހުންގެ އެކައުންޓްގައި މިލިއަނުން ޑޮލަރާއި ދިވެހި ރުފިޔާ ހުރިކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;