ads
ތިނަދޫ ކުޅިއަށް ޑީ ވޯޓަރިން ކުރަން ހޮޅި އަޅާފައި - ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ސްވިފްޓް ކުންފުނި ޖޫރިމަނާކޮށްދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އެދިއްޖެ
ގދ. ތިނަދޫ ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅި ކަމަށް ތުހުމަތުކޮށް ސްވިފްޓް އިންޖީނިއަރިން ކުންފުނި ޖޫރިމަނާކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން އެންވަޔަރަންމަންޓް މިނިސްޓްރީގައި އެދިއްޖެ އެވެ.
Advertisement

ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ ސްވިފްޓް އިންޖީނިއަރިން ކުންފުނިން، އެ ސަރަހައްދުގައި އޮތް 6،923 އަކަފޫޓުގެ ކުޅިއަށް ޑީ ވޯޓަރިން ކުރުމުން، ޒުވާނުންގެ ބަޔަކު ވަނީ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. 

އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސްފިޓް އިންޖިނިއަރިން ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަދި ތިނަދޫއަށް ނިސްބަތްވާ ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސްވިޓް ކުންފުނިން ގެންދަނީ ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

ސްވިޓް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ސިޓީ ކައުންސިލްގެ ފަރާތުން ސައުދު އެދިވަޑައިގެންފައިވާއިރު ސައުދު އަލީ އާއި ސައުދުﷲ ހިލްމީއާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެ، ދެ ބޭފުޅުން ސޯޝަލްމީޑިއާގައިވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުކުރައްވާ ވާހަކަދައްކަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;