ޝައިހް ޔޫސުފް ހަސަން ހަލާވީ، މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިސާދު ކުރިއެރުވުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދ ހަލާލް ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުސްހަފެއް، ރައީސް މުއިއްޒަށް ވަނީ ހަދިޔާ ކުރައްވާފަ އެވެ.
ޝައިހް ޔޫސުފް ހަލާވީ އަތުން ލިޔުއްވި މުސްހަފެއް ރައީސަށް ހަދިޔާކުރައްވަނީ
ޝައިހް ޔޫސުފް ހަލާވީއަކީ އިމާމް މުހައްމަދު ބިން ސުއޫދު އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަލާވީ ވަނީ ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުގައި ވިޔަފާރިތައް އުފައްދަވައި، ގިނަ ކުންފުނިތަކެއްގެ ބޯޑު މެމްބަރުކަން ކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;