ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރު ޖެހުމާއި 356 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އިންފްރާސްޓަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މީގެއިތުރުން އިތުރުން 3 ރަށެއްގެ ތަރައްގީ މަޝްރޫއުތަކެއް ހިންގަންވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ
5 ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކެއް އެމްޓީސީސީއާ މިއަދު ހަވާލުކުރިއިރު އިއްޔެވެސް ވަނީ 4 ރަށެއްގައި ތަރައްގީގެ މަަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;