ads
ގަސް އިންދުމަށް ނާސަރީ އެޅުމަށް ކައުންސިލްތަކާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ޝަރީފާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ކައުންސިލްތަކުން ބައިވެރިވަނީ - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ނާސަރީ އެޅުމަށް އިތުރު 10 ރަށަކަށް މާލީ އެހީ ދީފި
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް ހައްދަން އިތުރު 10 ރަށެއްގައި ނާސަރީ އަޅަން ގްރާންޓް ދީފި އެވެ.
Advertisement

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެހީ ލިބުނު ރަށްރަށުގެ ކައުންސިލްތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެގޮތުން ނާސަރީ އެޅުމަށް މާލީ އެހީ ދީފައިވާ ރަށްތަކަކީ، ހދ. ނޮޅިވަރަން، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަނރަބޫދޫ، ދ. މީދޫ، ލ. ފޮނަދޫ، ލ. ހިތަދޫ، ގދ. ވާދޫ، ފުވައްމުލަށް ސިޓީ އަދި ސ. މީދޫ އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްގީ ކުރުމަށް 500,000ރ. ގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެ އެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

މި ނާސަރީތަކަކީ 5 މިލިއަން ގަސް އިންދުމުގެ މުޅި މަޝްރޫއުގެ މައިގަނޑު މަރުކަޒުތަކަށް ވެގެންދާނެއެވެ. މީގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;