އުމުރުން ދުވަސްވީ ނަމަވެސް، އޭނާގެ ހަށިގަނޑާއި މޫނުމަތިން ފެންނަ ތާޒާކަމުގެ ސަބަބުން، ހަގީގީ އުމުރަށް ވުރެ އެތައް އަހަރެއް އޭނާ ހަގުކޮށް ފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިހާ ދުވަސްވީއިރު ވެސް ޒުވާންކަންމަތީ ހުރުމަށް އެހީތެރިވެދޭ ދިރިއުޅުމުގެ މުހިންމު އާދަތަކާ ބެހޭ ގޮތުން ތަން ވަނީ މީގެ ކުރިން އާންމުންނާ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ފާހަގަކުރި ކަންކަމުގެ ތެރޭގައި ހަމުގެ ސިއްހަތައް ދޭ ހާއްސަ ފަރުވާއާއި، މެދުކެނޑުމެއް ނެތި ކުރާ ކަސްރަތުގެ އިތުރުން ސިއްހަތަށް ފައިދާހުރި ކާނާ ގަވާއިދުން ބޭނުންކުރުން ހިމެނެއެވެ.
ތަން ދެކޭ ގޮތުގައި ޒުވާންކަން ދެމެހެއްޓުމަށް އޭނާ ގެންގުޅޭ އުސޫލަކީ ވަރަށް އާދައިގެ، އެހެން ނަމަވެސް ވަރަށް ފައިދާހުރި އުސޫލެކެވެ. މީގެ މައިގަނޑު އަސާސަކީ ހަށިގަނޑަށް އެތެރެވާ ކާނާއާއި، ހަށިގަނޑުން ބޭރުކުރާ ހަކަތަ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކު ކާ ކާނާއާއި ކުރާ ހަރަކާތްތައް ހުންނަންވާނީ ހަށިގަނޑުން ދުވާލެއްގެ މައްޗަށް ބޭނުންކުރާ ކެލޮރީއާ އެއްވަރެއްގައެވެ. ކެލޮރީ ބެލެންސްކޮށް ބެހެއްޓުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައި، ދުޅަހެޔޮކަންމަތީ ދެމިހުރުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށް އޭނާ ގަބޫލުކުރެއެވެ.
އުމުރުން ދުވަސްވިޔަސް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓިދާނެކަން ސާބިތުކޮށްދެމުން އަންނަ ތަންގެ މި އާދަތަކަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ލިބޭ ބޮޑު ހިތްވަރެކެވެ. އޭނާގެ މި ތަފާތު ވައްޓަފާޅީގެ ސަބަބުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމާއި ކަސްރަތަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުމަށް ގިނަ ބަޔަކު މިހާރު އަންނަނީ އިސްކަންދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;