ads
ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު)
މި 3 މަސްތެރޭ 200 ސިޔާސީ މީހުން ވަޒީފާއިން ވަކިކޮށްފިން : މުންދު
މިދިޔަ ތިން މަސް ތެރޭގައި، 200 ވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ނޫސްވެރިންނާ އެކު ބާއްވާ ބައްދަލުވުމުގެ ބަދަލުގައި ޕީއެސްއެމްގައި ބޭއްވި ސައެއްގައި މުންދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވަކަމަށެވެ. އެއީ ސަރުކާރުގެ 15 މިނިސްޓްރީގެ ހަތަރު މަގާމެއްގައި ތިބި ބައެއް މީހުން ކަމަށް މުންދު ވިދާޅުވި އެވެ. 

މީހުން ވަކިކުރި މަގާމުތައް 

  • ސްޓޭޓް މިނިސްޓަރުން
  • ޑެޕިއުޓީ މިނިސްޓަރުން
  • ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން
  • ޕޮލިޓިކަލް ޑައިރެކްޓަރުން

މުންދު ވިދާޅުވީ ސީޔާސީ މަގަމުތަކުގައި ތިބި މީހުން ވަކިކުރުމުގެ މަސައްކަތް އަދިވެސް  ކުރަމުން އަންނަކަމަށެވެ. 

ސަރުކަރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ތަކުރާރުކޮށް ނޫސްވެރިން އެހުމުންވެސް މިއަދުވެސް މުންދުއަކަށް އެ އަދަދެއް ވިދާޅެއް ނުވެވުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;