ކައިވެނީގެ ހެދުމަށް ހާއްސަ އަދި އެކި ކަހަލަ ފޮތި ވިއްކާ 'އެބްރަޒޯސް' ފިހާރާގައި ކުރިން މަސައްކަތް ކުރި މި މިހާ ރާއްޖެއިން ޑީޕޯޓްކޮށްލީ މާރާމާރީ އާއި ވައްކަމުގެ ތުހުމަތުގައެވެ.
އޭނާ މަސައްކަތްކުރި ފިހާރައިން ބުނީ އަޖޭ ކުމާރު ކިޔާ މި މީހާ ދާދިފަހުން ފުލުހުން ހައްޔަރުކޮށް އޭނާ ރާއްޖެއިން ޑީޕޯޓުކޮށްފައި ވާކަމަށެވެ.
އެ ފިހާރައިން ކުރި ޕޯސްޓެއްގައި ބުނީ އޭނާ އެ ފިހާރާގައި މަސައްކަތްކުރި ދުވަސްވަރު ކަސްޓަމަރުންގެ އޯޑަރުތަކާ ހަވާލުވުމާއި އެ ތަކެތި ޑެލިވަރީ ކުރުމުގެ ޒިންމާއާ ހަވާލުވެ ހުރީ މި މީހާކަމަށެވެ. އެހެންކަމުން ކަސްޓަމަރުންގެ ނަމްބަރު އެނގި އޭނާއަށް އެމީހުންނާއި ގުޅުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.
މިމިހާއާ މެދު ސަމާލުވާން އެ ފިހާރައިން އެދުނީ އޭނާ ރާއްޖޭގައި ބޭނުން ކުރި ނަމްބަރުން ބައެއް ކަސްޓަމަރުންނާ ޑީޕޯޓްކުރި ފަހުން ގުޅަމުން އަންނާތީކަމަށެވެ. އެގޮތުން ބައެއް މީހުންނާ ވީޑިއޯ ކޯލްކޮށް، މެސެޖް ކުރާ ކަމުގެ ޝަކުވާ ލިބިފައިވާކަމަށް އެ ފިހާރައިން ބުނެއެވެ.
އެހެންކަމުން މި މީހާއާ މެދު ސަމާލުވެ، އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފިހާރައިން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;