ads
ބޭސް ކުންފުނީގެ ކޯލް ސެންޓަރުގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ. - ފޮޓޯ: ސްޓޭޓް ފާމަ
ސްޓޭޓްފާމާގެ ފާމަސީތަކުގެ ސްޓޮކް ބެލޭނެ ނިޒާމެއް ގާއިމުކޮށްފި
ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް، ސްޓޭޓް ފާމާ އަށް ވަގުތުން ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން ބޭސް އެތެރެ ކުރުމަށް ސްޓޭޓްފާމާ އިން ވަނީ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ސްޓޭޓް ފާމަސޫޓިކަލް އިން ވަނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފަ އެވެ. 

ރާއްޖެއަށް މީގެ ކުރިން ބޭސް އެތެރެކުރަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު އާ ކުންފުންޏެއް އުފައްދައި، އެ ތަނުގެ ދަށަށް މިދިޔަ ޖުލައި މަހު ހުރިހާ ފާމަސީތަކެއް ވަނީ ބަދަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;