ads
ބީއެމްއެލް ކާޑު މެޝިން މެދުވެރިކޮށް ފައިސާ ދައްކަނީ
މިއަހަރު މިހާތަނަށް ބޭންކުތަކުން އާއްމުނަށް ދޫކުރި ލޯނު 9.2 ބިލިއަނުން މައްޗަށް
މި އަހަރު މިހާތަނަށް ބޭންކުތަކުން އާއްމުނަށް ދޫކުރި ލޯނު 9.2 ބިލިއަނުން މައްޗަށް އަރާކަމަށް މަރުކަޒީ ބޭންކުގެ އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑަށް ބޭންކްތަކުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ވަނީ 9.2 ބިލިއަން ރުފިޔާގެ ލޯން ދީފަ އެވެ. 

މީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 15 އިންސައްތަ އިތުރު އަދަދެއްކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ. 

އާންމުންނަށް ދޫކުރި ދަރަނި އިތުވި އަދަދު އަހަރުން އަހަރަށް

  • 2022: 4.5 ބިލިއަން ރުފިޔާ
  • 2023: 5.6 ބިލިއަން ރުފިޔާ
  • 2024: 7.2 ބިލިއަން ރުފިޔާ
  • 2025: 8.5 ބިލިއަން ރުފިޔާ
  • 2026: 9.2 ބިލިއަން ރުފިޔާ (ޖުލައިގެ ނިޔަލަށް)

މިދިޔަ ފަސް އަހަރުގެ ތެރޭގައި ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އެންމެ ބޮޑު އަދަދެއް އިތުރުވީ 2023 ގައެވެ. އެގޮތުން 2023 ގައި 5.6 ގައި ހުރި އަދަދު ވަނީ 7.2 ބިލިއަނަށް އަރާފަ އެވެ. 


ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ދޫކުރި ދަރަނީގެ އިތުރުން  ބޭންކްތަކުން އެހެން ބޭނުންތަަކަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު ވެސް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ހުރީ 41.3 ބިލިއަން ރުފިޔާ ގައެވެ، އެއީ ކުރީ އަހަރަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;