ads
ގައުމީ އެއާލައިން މޯލްޑިވިއަން.
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
Advertisement

ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ސްކޫލްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 19 ގެ ނިޔަލަށް ސްކޫލްތައް ބަންދުވާނެ އެވެ. 

އެ ދުވަސްތަކާއި ދިމާކޮށް މޯލްޑިވިއަނުން މިވަނީ އެތެރޭގެ އުދުހުންތައް އިތުރުކުރަން ނިންމާފަ އެވެ. އެގޮތުން އެންމެ ދެކުނުން އައްޑޫ ސިޓީއަށް މޯލްޑިވިއަންގެ ބޮޑު ބޯޓު އެއާބަސް އޭ 320ގެ ފްލައިޓެއް ބާއްވަން ވަނީ ނިންމާފަ އެވެ. މި ބޯޓްގެ ދަތުރުތައް އޮންނާނީ މި މަހުގެ 12 އިން 19 އަށެވެ. އަދި އައްޑޫއާ ފުވައްމުލަކާއި ދޭތެެރޭ ޓްވިން އޮޓީގެ ދަތުރުތައްވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އެ ފުވައްމުލަކާއި އައްޑޫ ސިޓީއާ ދޭތެރޭ ހަ ދަތުރެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން މާލެއިން ހޯރަފުއްޓަށް، މާލެއިން ކުޅުދުށްފުއްޓަށް އަދި މާލެއިން ލ ފުނަދޫ އާއި ގދ ފަރެސްމާތޮޑާއަށް ވެސް އިތުރު ފްލައިޓްތައް ބާއްވަން ވަނީ ނިންމާފަ އެވެ. އަދި ނ. މާވަރުލު އެއާޕޯޓަށްވެސް މި މަހުގެ 21 ގެ ނިޔަލަށް އިތުރު ފްލައިޓްތަކެއް ބާއްވަން ވަނީ ނިންމާފަ އެވެ.

ކޮންމެ ސްކޫލް ބަންދަކާއި ދިމާކޮށް ދަތުރުފަތުރު އިތުރުވާތީ މޯލްޑިވިއަނުން ގެންދަނީ އިތުރު ފްލައިޓްތައް ބާއްވާ އެއާލައިނުން ހިދުމަތް ހޯދާ މީހުން ފަސޭހަވާނެހެން ދަތުރުތައް އިންތިޒާމުކުރަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;