ads
މީހަކު އިޓަލީގެ މަގެއްމަތީގައި ހިނގަނީ
އަނބިމީހާދެކެ އައި ރުޅިން ހަފްތާއެއް ވަންދެން 285 މޭލު ހިނގައިފި
އިޓަލީގައި އުމުރުން 48 އަހަރުގެ ފިރިހެނަކު އޭނާގެ އަނބިމީހާއާ މައްސަލަޖެހި ޒުވާބުކުރުމަށްފަހު، އައި ރުޅީގައި ގެއިން ނުކުމެ ހަފްތާއެއް ވަންދެން 285 މޭލަށް ހިނގައިފިއެވެ.
Advertisement

ރުޅި މަޑުކޮށްލަން ހިނގާލަން ނުކުތް މި މީހާ ހުއްޓާނުލައި ހިނގަމުންގޮސް އެތައް މޭލެއް ކަޑައްތުކޮށްފައިވަނީ ފައިމަގުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މީހާ އޭނާގެ ދަތުރު ފަށާފައިވަނީ އިޓަލީގެ އުތުރުގައި އޮންނަ ކޯމޯ ސިޓީއިންނެވެ. އަދި އޭނާ ހިނގުން ހުއްޓާލީ އިޓަލީގެ އެޑްރިއާޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ފާނޯ އަށެވެ. މި ދިގު ދަތުރުގައި އޭނާ ހަފްތާއެއް ހޭދަކޮށްފައިވާއިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 37 މޭލު އޭނާ ހިނގާފައިވެއެވެ.

އޭނާ ހުއްޓާނުލައި އެތައް ދުވަހެއް ވަންދެން ހިނގަމުން ދަނިކޮށް، ފުލުހުންނަށް އޭނާ ފެނިގެން ހުއްޓުވީ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން އެނގުނު ގޮތުގައި، އޭނާ ގެއަށް ނައިސް ގިނަ ދުވަސްވުމުގެ ސަބަބުން އަނބިމީހާ އޮތީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ވެސް ކޮށްފައެވެ.

ފުލުހުން އޭނާ ހޯދިއިރު، އެހާ ގިނަ ދުވަހު ހިނގުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އޭނާ ހޯދުމަށްފަހު ފުލުހުން ވަނީ އޭނާގެ އަނބިމީހާއަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ރުޅިއައިސްގެން ގެއިން ނުކުމެ އެތައް މޭލެއް ދުރަށް ދިޔަ ފިރިމީހާ ބަލައި އެންމެ ފަހުން ދާންޖެހުނީ ވެސް ހަމަ އޭނާގެ އަނބިމީހާއަށެވެ.

0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;