ads
ފޭސްބުކުން މޭޒެއް ވިއްކާނެ ކަމަށް ބުނެ މަކަރުން ފައިސާ ހޯދި މީހަކު 9 މަހަށް ޖަލަށް
ފޭސްބުކުން މޭޒެއް ވިއްކާނެ ކަމަށް ބުނެ މަކަރުން ފައިސާ ހޯދި ރަތަފަންދޫ މީހަކު ޖަލަށް
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މޭޒަކާއި ގޮނޑިތަކެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލަތުން 10,000 ރުފިޔާ ހޯދި މައްސަލައެއްގައި ގދ. ރަތަފަންދޫ، އޯކިޑްމާގެ، ހާފިޒް ހަލީލު 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

އިސް ގާޒީ އާދަމް މުހައްމަދު ކުރެއްވި މި ހުކުމުގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށް ހާފިޒްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖަލު ހުކުމުގެ އިތުރުން ގެއްލުންވި ފަރާތަށް 10,000 ރުފިޔާ ދެ އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހާފިޒް ޝަރީއަތުގައި ތަފާތު ދިފާޢުތަކެއް ނެގި ނަމަވެސް، ބޭންކް ސްޓޭޓްމަންޓްތަކުން އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވުމާއެކު އެހެން އެކައުންޓަކަށް ޓްރާންސްފަރ ކޮށްފައިވާކަން އެނގެން އޮތުމުން، ކޯޓުން ވަނީ އޭނާ ދެއްކި ވާހަކަތަކަކީ ޝަރީޢަތަށް އޮޅުވާލަން ދެއްކި ވާހަކަތަކެއްކަން ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;