ads
ދަރިފުޅު
ދަރިފުޅު - 51 ވަނަ ބައި
އެޕިސޯޑް 51
Advertisement

ކައިރާ ހަމަޖެހިލުމަށް ވަގުތު ދިނީމެވެ.

ކޮންމެ ހާލެއްގައިވިޔަސް، އޭނާ ހަމަޔަކަށް އަޅުވައިގެން މިވާހަކަ ދެއްކުމަކީ އަހަރެންގެ މިރޭގެ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދެވެ. އިން ޝާ ﷲ އެކަން ކުރާނަމެވެ.

"ކައިވެނީގެ ކުރިން ކައިރާގެ ބެލެނިވެރިންނާއި އަހަރެން ބައްދަލުކުރުމަކީ ދީނީ ގޮތުންވެސް ކުރަންޖެހޭ ކަމެއް... އެމީހުންނަށް އެ ގަދަރު ހައްގު ތޯ ނޫންތޯ ނިންމާކަށް އަހަރެން ނެތިން.. ފިރިހެނަކަށް ވާތީ އަހަރެންގެ ޒިންމާ އަދާކުރުމަކީ، ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް.. ކައިރާއާއި ގުޅުން ހުރި އެއްވެސް ކަމެއްގައި އަހަރެން ފަހަތަކަށް ނުޖެހޭނަން.. އެމީހުންނާއި އަހަރެން ބައްދަލުކުރަން މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ، އެވަރުގެ އަނިޔާއެއް އެމީހުން ކައިރާއަށް ދިން ސަބަބާއި.. އެވަރުގެ ހުތުރު އިލްޒާމްތަކެއް ކައިރާގެ ބޮލުގައި އެޅުވި ސަބަބާއި.. ކައިރާގެ ޒިންމާއިން އެމީހުން ރެކިގަންނާން އެ ކުރި ހަޑިހުތުރު ނުބައި އަމަލުގެ އަސްލަކީ ކޮބައިތޯ ބެލުން..! ބިރާއި ޖެހިލުންވުމާއި ނަފުސާނީ ބަލިކަށިކަމުގައި ކައިރާގެ މުޅި އުމުރު ހޭދަކުރާން އަހަރެންގެ ދުނިޔޭގައި ފުރުސަތެއް ނުދޭނަން.. އެމީހުން ޖެހޭނީ ސަބަބު ބުނެފައި ފަހަތަށް ޖެހެން.. ކައިރާގެ މުސްތަގުބަލް 

އިން ޝާ ﷲ، އަލިކުރާނީ  އަހަރެން.. އެމީހުންނާއި އެއް ހަމަޔަކަށް އަހަރެން ތިރިނުވިޔަސް، އެމީހުންގެ 'ޑީލް'ގައި އެއަށް ވުރެން މާ ހުތުރުކޮށް ކުޅެން އަހަންނަށް އެނގޭނެ.. ކިތަންމެ ބޮޑެތި ކުށްވެރިންނާއި ގުޅިގެން ކިތަންމެ ނުރައްކާތެރި ކަންތައްތަކެއްގައި އެމީހުން ޝާމިލްވެގެން ތިއްބަސް،  ފަރުވާލެއް ނެތް.. އަހަރެންގެ ބޮލުގެ އިސްތައްޓަކާއި ހަމަޔަށްވެސް އެމީހުންނަށް ވާސިލު ނުވެވޭނެ.. ކޮންމެޔަކަސް އެމީހުންނާއި ބައްދަލުކުރެވުނީތީ ހަމްދާއި ޝުކުރުކުރަން..! ކައިރާގެ އަމިއްލަ ނަފުސާއިމެދު ކައިރާއަށް ހީކުރެވިފައި ވަނީ ރަގަޅަކަށް ނޫން.." ވަރަށް އަސަރާއެކު ވާހަކަދެއްކީމެވެ.

އަހަރެންގެ ވާހަކައާއި ކޮންމެ ޖުމުލައެއްގައި ކައިރާގެ ކަރުނައިގެ ހިތްދަތިކަން އެކުލެވުނަސް، އެންމެ ފަހު ޖުމުލައިން އޭނާގެ ގިސްލުމުގެ އަޑު ފަނޑުވެއްޖެ އެވެ. ހައިރާންވެފައި އަހަންނާއި ދިމާއަށް ބަލައިލާފައި ނިއްކުރިއަށް ގެނައި ބަދަލުން އެކަން ކަށަވަރުވި އެވެ.

"ތިއިން އެއްވެސް ކަމަކުން، ނުވަތަ ތި ދައްކާ ވާހަކައިން އަހަންނަށް ކުޑަވެސް އަސަރެއް ނުކުރާނެ" ވިހަ ޖުމުލައެއް ކައިރާ ބުނެލިއިރު އޭނާގެ ދެ ލޯ އިތުރަށް ރަތްވެއްޖެކަން ޔަގީނެވެ. 

"އެ ރޭ ނުވަތަ އެ ހާދިސާގައި އެއްވެސް މީހަކު ކައިރާ ރޭޕް ނުކުރޭ! ކައިރާއަށް ނިދިޖެހިފައި އޮއްވައި ނުރައްކާތެރި އިންޖެކްޝަނެއް ކައިރާގެ ގަޔަށް ޖެހީ ކައިރާގެ 'މަންމަ'.. ހަށިގަނޑާއި އަދި ނާޒުކު ބައެއް ގުނަވަންތަކަށް އައި ބޮޑު ބަދަލަކީ އެ އިންޖެކްޝަންގެ ސަބަބުން ކުރިމަތިވި ކަންތައްތަކެއް.. ނުރައްކާ މިންވަރަކަށް ހަށިގަނޑުން ލޭ ބޭރުވެ، ކެތް ނުކުރެވޭ ވަރުގެ ރިހުމުން ކައިރާގެ ދުނިޔެ ބަނަކޮށްލީ، ކައިރާގެ މައިން ބަފައިންގެ މުދަލާއި ފައިސާއަށް ދަހިވެތިވި، ލާ އިންސާނީ ޑޮކްޓަރެއްގެ ރަހުމުކުޑަކަމުން.. އެފަދަ ކިތަންމެ ކަމެއްގައި އެ ޑޮކްޓަރަށް އެތައް ފަހަރެއްގެ މަތީން ވަނީ ތުހުމަތު ކުރެވިފައި.. އޭނާގެ ނުފޫޒާއި ބާރުގެ ސަބަބުން މިހާތަނަށް ފިޔަވަޅެއް އެޅިފައި ނެތަސް، އިއްޔެއާއި މިއަދު އަހަރެން ކުރި މަސައްކަތުން މިހާރު ވާނީ އޭނާގެ ލައިސަންސް ބާތިލްކޮށް ރާއްޖެއިން ޑީޕޯޓްވެސް ކޮށްލާފައި.." ފުލުފުލުގައި ޝޮކް ދިނުމުގެ ވިސްނުމެއް ނެތަސް މިއީ ކިހައި ވަރެއްގެ ވާހަކަތަކެއްކަން އަންދާޒާކުރެވެ އެވެ. 

ހައިރާންވެފައި ހުޅުވުނު އަނގަވެސް ލައްޕާން ނޭގިފައި ކައިރާ ހުރީ ޖެހި ބުދެއް ފަދައިންނެވެ. އިތުރަށް އަހަރެން ބުނެފާނެ އެއްޗަކަށް އޭނާ ތައްޔާރަށް ހުރިކަން އިނގޭތީ އިތުރަށްވެސް ބުނެދިނީމެވެ.

"އެދުވަހު  ކައިރާ ހޮސްޕިޓަލަށް ދިޔައީ އެކަނި ކަމަށްވިޔަސް، ކައިރާ އާއި އެކުއެކީގައި އެހެން މީހަކުވެސް ދިޔަ.. އެއީ ކައިރާގެ 'މަންމަ'.. އެތަނުގައި ވީ ހުރިހާ ގޮތެއް ބަލަމުން، އެމީހުން 'ގަނެފައިވާ' ޑޮކްޓަރާއެކު އިތުރަށް ކަންކަން ރާވަމުން، ހެދެން އޮތް ކޮންމެ ނުބައެއް ހަދަން ކައިރާގެ މަންމަ ގިނަ ވަގުތުތަކެއް ހޮސްޕިޓަލުގައި އެދުވަހު ހޭދަކުރި.."

ކައިރާގެ ދެ ލޯ ބޮޑުވެ، ދެ ކޯތާފަތުން ކަރުނައިގެ ފައްވާރާ ދެމެމުން ދިޔަ އެވެ. 

އިވެމުންދިޔަ އަޑުތަކަކީ ކިހައި ވަރެއްގެ ޝޮކެއް ކައިރާއަށް ގެނުވާނެ ކަމެއްކަން އަހަރެން ދެނަހުރީމެވެ. އަޑު އަހަން އުނދަގޫވިޔަސް ކޮންމެވެސް ދުވަހަކުން މިކަންކަން ކައިރާއަށް އެނގެން ޖެހޭނެކަމަށް އަހަރެން ގަބޫލުކުރީމެވެ. 

"ހޮސްޕިޓަލާއި ހިސާބުން އެމީހުންނަށް ކައިރާ ގެއްލުނީ.. ކައިރާ 'ދޭނެ' ކަމުގެ ނުވަތަ ވިއްކާލާނެ ކަމުގެ 'ޑީލް'ގައި ކިތަންމެ ފައިސާވެރިއެއްގެ އަތުން އެމީހުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައި.. އެއިން އެއްވެސް ކަމެއް ކާމިޔާބު ނުވުމަކީ، އެމީހުންގެ އިންސާނިއްޔަތުކަން ހައްދު ފަހަނައަޅާއި ޖަނަވާރުކަމަށް ބަދަލުވެގެން ދިޔަ ސަބަބުތަށް.. ކޮންމެއަކަސް، ކައިރާގެ ހިތްވަރާއި ކުޅަދާނަކަމުން އެ ނުބައި ވަކިތަކުގެ ތެރެއިން ސަލާމަތްވެގެން ފިލައިގެން އުޅެވުނުކަން އެއީ ކައިރާގެ ނަސީބު.. ކައިރާ ހޯދަން އެތަށް ދުވަހެއްގެ މަސައްކަތަށް ފަހު، އެމީހުންނަށް ފެނުނީ ރެސްޓޯރެންޓަކަށް ބައްދަލުވުމަކަށް ދިޔަ ދުވަހެއްގައި.. އެދުވަހަށްފަހު ނުހަނު އުނދަގޫ އަދި ބުރަ މަސައްކަތަކުން އެތަނުން ކައިރާ ނެރި، އެމީހުން މަސައްކަތްކުރީ ކުރިއަށް ވުރެން ނުރައްކާ ރޭވުމެއްގެ ދަށުން ވިއްކާލަން.. އެކަމުގެ ތެރޭގައި ދެން ދިމާވި މައްސަލައަކީ، ބީނިޝްއަކީ ކޮން ގޮތަކުން ކިހިނެއް ކައިރާއަށް ލިބުނު ކުއްޖެއްކަން އެމީހުންނަށް އޮޅުން ނުފިލީ.. އެ ހިސާބުން ދެން ކަންތައްވީ ގޮތް ކައިރާއަށްވެސް އިނގޭނެ.. އިތުރަށް އަހަރެން ކިޔައި ނުދިނަސް މިވަރުން ފުދޭނެކަމަށް ހީކުރަން.." 

އަހަރެންގެ ވާހަކައިން ކިތަންމެ އެއްޗެއް މަދުކޮށް، ހަގީގަތް ވަޅުލާފައި މަތިމަތިން ކިޔައިދިޔަސް ކައިރާއަށް ކިތަންމެ އެއްޗެއް އެނގޭނެކަން އަހަންނަށް ކަށަވަރެވެ. ހިމޭން ކަރުނަ އާއި ވޭނުން ފުރިގެންވީ ގިސްލުމުގެ އަޑު ފިޔަވައި އަހަރުމެން ދެމީހުންގެ ދެމެދުގައި މިވަގުތު ދިރުމެއް ނެތެވެ. 

ކައިރާގެ ދުލުން އެންމެ ބަހެއްވެސް ނުބުންޏެވެ. 

ނަމަވެސް ހައިރާންކަން ލިބުނީ، އަހަރެންގެ މޫނުން ކައިރާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުލީތީ އެވެ. 

ހިތް ބިރުގަތެވެ. ދެން ނަގާފާނެ ރާޅެއްގެ ބޮޑުކަން ވަޒަންކުރާން ފަސޭހަ ނުވީތީ އެވެ.

އަހަރެންގެ ދުލުގައި ބަންދުކޮށްފައި އޮތް އެންމެ ބޮޑު ސިއްރު ހިފަހައްޓާން ބޭނުމެވެ. ކައިރާގެ ހިތް ފަޅައިގެން ހިނގައިދާނެތީ ބިރުގަންނަނީ އެވެ. ނުހަނު އުނދަގުލުން ދެ ލޯ މަރައިލީމެވެ. ގަތްފައިވާ ބިރުން މޭގައި އަތް އެޅުނެވެ. 

ކިތަންމެ ސިއްރެއް، ބިން ކޮނެ ވަޅުލިޔަސް ވަންހަނާ ނުކުރެވޭނެ އެކަތި އެބަ އޮތެވެ. 

ފުން ނޭވާއެއްލާފައި އަހަރެންގެ މޭގައި އޮތް ހިލަގަނޑު އެއް ފަރާތްކޮށްލެވޭތޯ މަސައްކަތް ފެށީމެވެ. 

ނުހަނު ގާތުން ހިލަމެއްވި ހެން އެވަގުތު ހީވި އެވެ. 

އެއީ ފިނި ވައިރޯޅިއަކަށްވެސް ވެދާނެ އެވެ. 

ދެ ލޯ ހުޅުވައިލީމެވެ. ފެނުނީ ހިތްދަތިކަމުން ކުދިކުދިވަމުންދިޔަ މައުސޫމް މޫނެކެވެ. 

އަހަރެންގެ ނުހަނު ގާތުން ބުނެލިހެން ހީވި އެވެ. 'މާލިކް އެވެ. ބުނާށެވެ. ރުއިމަކީ ފަރުވާއެއްކަން މިވަގުތު ކައިރާއަށް ވިސްނާދޭށެވެ. ރައްކާތެރި ދެ އަތުގެ ތެރޭގައި ކައިރާ ބޮނޑިކޮށްލާށެވެ. އޭނާގެ ހަގީގަތް ބުނެދޭށެވެ. އެއީ 'އިންސާނީ ހައްގެކެވެ.' ވަރަށް ހިތްވަރުކޮށްފައި ގާތްވެލީމެވެ.

"ކައިރާ.. ކައިރާ ގެންގުޅެ ބޮޑުކުރީ ކައިރާގެ ހަގީގީ މައިންބަފައިންނެއް ނޫން.. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;