މި ޕްރޮމޯޝަންގެ ދަށުން މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދޭނެވެ.
މިދިޔަ 20 ޑިސެމްބަރުގައި ފެށި މި ޕްރޮމޯޝަން އަންނަ ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ.
ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެ އެވެ.
މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެ އެވެ.
އެ ގޮތުން ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެ އެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކޮންމެ ގުރުއަތުލުމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;