އެނިއެލްޕް ގްރޫޕުން ދިން މި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު، ޝިދާތާ ވިދާޅުވީ މިއީ އިޖުތިމާއީ ހިދުމަތުގައި ދެމިހުންނަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މި އެވޯޑަކީ އޭނާއަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި އެވޯޑުން ރަމްޒުކޮށްދެނީ، މުޖުތަމައުގައި އަޑު އުފުލަންޖެހޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، މީހުން ބާރުވެރިކުރުވުމަށާއި ހެޔޮ ބަދަލުތައް ގެނައުމަށް އޭނާ ކުރައްވަމުން ގެންދަވާ ދިގު ދަތުރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތައް ކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެނިއެލްޕް ގްރޫޕުން ހުޅުވާލާފައިވާ ޕްލެޓްފޯމަށް ޝިދާތާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިފަދަ އެވޯޑުތަކުގެ ސަބަބުން، މުޖުތަމައަށް ފައިދާހުރި މުހިންމު މަސައްކަތްތައް ކުރުމުގައި ދެމިތިބުމަށް މީހުންނަށް އާ އުންމީދެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކާމިޔާބީ ފާހަގަކުރައްވަމުން، ޝިދާތާ ވަނީ އޭނާގެ މި ދަތުރުގައި އެކި ގޮތްގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް މި އެވޯޑު ހާއްސަކުރައްވާފައެވެ. މީގެ އިތުރުން، މި އެވޯޑު އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެނިއެލްޕް ގްރޫޕުގެ ކޯ ފައުންޑަރު ޕޫޖާ ޝްރީއަށްވެސް ޝިދާތާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;