މާލޭގެ މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ސްޕަބްރޭންޑްސް މޯލްޑިވްސް" އިފްތިތާޙު ކޮށްދެއްވީ އަލްފާސިލް އަލީ ހުސައިން ދީދީ (އަލްދީ) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސްޕަބްރޭންޑްސްގެ ސަބަބުން މަޝްހޫރު މޮޅު ބްރޭންޑްތައް ދެނެގަނެވުމުގެ އިތުރުން، ތަކެއްޗާއި ހިދުމަތުގެ ފެންވަރު ހިފެހެއްޓުން މުހިންމުވެ، ފެންވަރު ހިފެހެއްޓުމަށް އީޖާދީ ހައްލުތައް ނެރުމަށް އާދަވެ، އިތުބާރަކީ މުއާމަލާތުގެ މުގޫކަމުގައި ވެގެންދާނެ ކަމުގައި އެވެ.
ސްޕަބްރޭންޑްސް އަކީ މީގެ 32 އަހަރު ކުރިން ލަންޑަންގައި އުފެއްދުން ބްރޭންޑެކެވެ.
ސްޕާބްރޭޑުން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިތަކުގެ މަގްބޫލުކަމާއި، ކޮލިޓީ އަދި އިތުބާރާއި އަގު މަތީ ފެންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިކޮށްދެމުންނެވެ.
ސްޕާބްރޭޑް މިހާރުވެސް ދަނީ ދުނިޔޭގައި 85 ގައުމެއްގައި ހަރަކާތެރިވަމުންނެވެ.
ސްޕާބްރޭޑް މޯލްޑިވްސް އިފްތިތާހު ކުރުމުގެ ތެރެއިން
ސްޕާބްރޭންގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތަކުގެ ބްރޭންޑް ވެލިއު އިތުރުކުރުމާއި، ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމެވެ.
ސްޕަބްރޭންޑްސް މޯލްޑިވްސްގެ ޗެއަމަނަކީ، އެ ޕްރޮގްރާމް ރާއްޖޭގައި ހިންގާ ކުންފުނި ޓްރާންސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ސްޕަބްރޭންޑްސް މޯލްޑިވްސްގެ ފަރާތުން ބްރޭންޑްތައް މިންކުރުމަށްޓަކައި އެކުލަވާލާފައިވާ 15 މެންބަރުންގެ ތަޖުރިބާކާރު ކައުންސިލް ވެސް މި ރަސްމިއްޔާތުގައި ވަނީ ތައާރަފުކޮށްފަ އެވެ.
ރާއްޖޭގެ ތަފާތު ވިޔަފާރިތަކުގެ އިސް ފަރާތްތަކާއި އިގްތިޞާދީ އަދި ފަންނީ މާހިރުން ބައިވެރިވި މި ރަސްމިއްޔާތުގައި، ސްޕަބްރޭންޑްސްގެ ރީޖަނަލް ކޯޑިނޭޓަ ޝަރަފުލް އިސްލާމް ވަނީ އެ ޕްލެޓްފޯމާ ގުޅޭ ތަޢާރަފު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;