މި ބޮޑު އިންވެސްޓްމަންޓަކީ މުމްބާއީގެ އަގުބޮޑު ސަރަހައްދުތަކުން ގެދޮރު ގަތުމަށް މަޝްހޫރު އާއިލާތަކުން ކުރަމުންދާ ހޭދަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބޮޑު މުއާމަލާތެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ޕިންކީ ރޯޝަން މި ދެ އެޕާޓްމަންޓް ގަނެފައިވަނީ މުމްބާއީގެ އެންމެ ޑިމާންޑް ބޮޑު އަދި އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ވަރުސޯވާ އިންނެވެ. މި ސަރަހައްދަކީ ބޮލީވުޑްގެ ގިނަ ފަންނާނުންނާއި ވިޔަފާރިވެރިން ވެސް ދިރިއުޅެމުން އަންނަ މުހިންމު ސަރަހައްދެކެވެ.
މި މުއާމަލާތުގެ ޖުމްލަ އަގު 67.30 ކްރޯޑް ރުޕީސްއަށް އަރާއިރު، މިއީ އެ ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ދެ އެޕާޓްމަންޓް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިފަދަ އަގުބޮޑު އިންވެސްޓްމަންޓެއް އޭނާ ކުރީ ވިޔަފާރީގެ ބޭނުމަކަށް ކަމެއް ނުވަތަ އަމިއްލަ ދިރިއުޅުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ރޯޝަން އާއިލާއަކީ ކުރިންސުރެ ވެސް މުމްބާއީގެ އެކި ސަރަހައްދުތަކުން އަގުބޮޑު ބިންތަކާއި ގެދޮރު ގަތުމުގައި ފާހަގަކޮށްލެވޭ އާއިލާއެކެވެ. ރިތިކް ރޯޝަން ވެސް މީގެ ކުރިން ވަނީ މުމްބާއީގެ އެކި ސަރަހައްދުތަކުން ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށް، ގިނަ އަދަދެއްގެ މުދާ މިލްކުކޮށްފަ އެވެ.
ޕިންކީ ރޯޝަންގެ މި އާ އިންވެސްޓްމަންޓާ އެކު، މުމްބާއީގެ ލަގްޒަރީ ހައުސިން މާކެޓުގައި ބޮލީވުޑްގެ ނުފޫޒުގަދަ ފަރާތްތަކުން ފައިސާ އިންވެސްޓްކުރާ މިންވަރު އިތުރުވަމުންދާކަން ވަނީ ހާމަވެގެން ގޮސްފަ އެވެ. މި ޑީލާ ގުޅޭގޮތުން ރޯޝަން އާއިލާގެ ފަރާތުން އަދި ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;