ads
އެމްއައިބީގެ ބިންގާ ޗޭމްޕްސްގެ ޕޯސްޓަރެއް
އެމްއައިބީ ބިންގާއަށް ދެ އަހަރު: 3 ކުއްޖަކަށް އައިޕެޑް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ގްރޯވިންގް ވިތް ބިންގާ- ބިންގާ ޗެމްޕްސް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

2024 ވަނަ އަހަރުގެ ނޮވެމްބަރުމަހު ގައި ތައާރަފްކުރި ބިންގާ ހިދުމަތުގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނަކީ ކުޑައިރުއްސުރެން ފެށިގެން މާލީ ރަނގަޅު އާދަތައް އަށަގަންނުވައި، ގަވާއިދުން ފައިސާ ރައްކާކުރުމަށް މަސައްކަތްކުރާ ކުޑަކުދިންގެ އަގުވަޒަންކުރުން ކަމުގައި އެ ބޭންކުން ބުންޏެވެ.

އެ ޕްރޮމޯޝަނުގައި ގަވާއިދުން ފައިސާ އެއްކޮށް، މާލީ އަހުލުވެރިކަން އިތުރުކުރަން މަސައްކަތްކުރާ 3 ކުއްޖަކު ހޮވައި، އެއިން ކޮންމެ ކުއްޖަކަށް އައިޕެޑެއް އަދި ހާއްސަ ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބެލެނިވެރިންނަށް އެމްއައިބީގެ ޑިޖިޓަލް މީޑިއާ ޗެނަލްތަކުންނާއި ބޭންކުގެ އައުޓްލެޓްތަކުގައި ހުންނަ ކިއުއާރު ކޯޑުތައް މެދުވެރިކޮށް ކުދިން ނޮމިނޭޓް ކުރެވޭނެ އެވެ.

އެ ޕްރޮމޯޝަނަށް ހަމައެކަނި ކުރިމަތިލެވޭނީ މިހާރު ވެސް ބިންގާ އެކައުންޓް ބޭނުންކުރާ ކުދިންނަށެވެ. އަދި ކޮންމެ ކުއްޖެއްގެ ވެސް ނަން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެމްއައިބީން ބުންޏެވެ.

ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުޑަކުދިން މާލީގޮތުން އަހުލުވެރިކުރުވުމަށް އެމްއައިބީން ތައާރަފްކުރި ބިންގާ އެކަންޓުގެ ދަށުން ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރެވޭ ބިންގާ ޓީއާރްއެކްސް އާއި ބިންގާ ސޭވް އަދި ބިންގާ އިންވެސްޓް ހިމެނޭހެން 3 އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އެމްއައިބީން އަބަދުވެސް ދެމިއޮންނާނީ އާންމުންނަށް ލާބަ އާއި މަންފާ ހުރި ޑިޖިޓަލް ބޭންކިން އިނޮވޭޝަންތައް ކުރިއެރުވުމަށް މަސައްކަތްޓކުރުމުގައި ކަމަށް އެ ބޭންކުން ބުންޏެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް