މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެއިން މީހަކަށް ނު އަގުގައި ބިމެއް ދިން މައްސަލާގައި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މި މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ވަނީ ނިންމައިފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ވީހާވެސް ބޮޑަށް އިންސާފުވެރިކޮށް އެކަން ނިންމުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވި އެ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު މީހެއްކަމަށެވެ.
ހައުސިން މިިނިސްޓްރީން ބުނީ އެ މީހާއަށް 2003 ވަނަ އަހަރު ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000ރ. އަށް ވިއްކަން އޭރުގެ ސަރުކާރުން ނިންމިކަމަށާއި އެކަމުގެ ލިޔުންތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ބިން މިހާތަނަށްވެސް އޭނާއާ ހަވާލު ނުކޮށް އޮތުމުން އެކަމަށް ހައްލެއް ހޯދަން އޭނާގެ ފަރާތުން ސަރުކާރުގައި އެދެމުންދިޔަ ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިންމީ އެ ފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަދި އެމީހާއަށް ވިއްކަން ނިންމި ބިމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ބިމެއްގެ އެއްބަސްވުން ބާތިލްކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް ހައުސިން މިނިސްޓްރީނަ ނެރުނު ބަޔާނުގައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;