ads
ވ. ފެލިދޫ / އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިން
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ޖޫން މަހު މާލެއިން ހައްޔަރުކޮށް "ވާނުވާ" ބަންދުގައި ހުރި މީހަކު، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މަސްތުވާތަކެތީގެ ގިނަ ރެކޯޑްތަކެއް އޮންނަ ވ. ފެލިދޫ / އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިންގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ 10 ސެޕްޓެންބަރު 2021 ދުވަހު މާލޭ މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިންދައި ފުލުހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ފައިކުރި ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކުރި ނަމަވެސް، މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ނިންމެވީ ފުލުހުންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ފެނުނީ އޭނާގެ ހަގީގީ ހިޔާޒަތުގެ ތެރެއިން އޭނާއަށް އެނގިހުރެ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން 4 ގްރާމަށްވުރެ ގިނައިން ޑައިމޯފިން ހުރުމުން އެއީ ޓްރެފިކްކުރުން ކަމަށް ބެލެވޭތީ، ދައުލަތުން ކުރި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން ވަނީ ސާޖިދު އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފަ އެވެ. މި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރަންޖެހެ އެވެ.

މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، ސާޖިދު ތަންފީޛުކުރަންޖެހޭ ސާފު ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި 21 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;