ads
ޓުއަ ގައިޑްގެ ލައިސެންސް ހޯދި އަންހެނަކަށް ވުމުގެ ޝަރަފު ހޯދި ޝީނާއަށް، މިނިސްޓަރު އަމީން މިއަދު ލައިސެންސް ހަވާލުކޮށްދެއްވަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުރަތަމަ އަންހެން ޓުއަ ގައިޑަކަށް ޝީނާ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަކު، ޓުއަ ގައިޑުގެ ލައިސެންސް ހޯދައިފި އެވެ.
Advertisement

މި ކަން ހާސިލުކުރައްވާފައިވަނީ ސ. ފޭދޫ، ކަންމަތީގެ، އަލްފާޟިލާ އާއިޝަތު ޝީނާއެވެ.

އާއިޝަތު ޝީނާއަށް މަރުޙަބާ ދެންނެވުމަށާއި، އެކަން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުޙަބާ ވިދާޅުވެ، ރަސްމީ ޓުއަ ގައިޑް ފާސް އޭނާއާ ހަވާލުކޮށްދެއްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި އިގުތިސާދީ ގޮތުންނާއި، ފަންނީގޮތުން އަންހެނުން ބާރުވެރިކުރަން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އޭގެ ތެރެއިން، ޓޫރިޒަމް ދާއިރާއިން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;