ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް
އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ، 20 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށްގެންދާ މައްސަލަތަކަށްވާތީ، މައްސަލައިގައި ހިމެނޭ މީހުންގެ ތަފްސީލެއް ކޯޓުން އާންމުކޮށްފައެއް ނުވެ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުޞޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. 

އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ، އެ ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު އަދަބުތަކުގެ ތެރޭގައި ހިމެނޭ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު އަދަބު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;