މީރާގެ ހިސާބުތައް ދައްކާގޮތުން މދިިޔަ އޮގަސްޓްމަހު މުދަލު ޒަކާތުގެ ގޮތުގައިވަނީ 7.3 މިލިއަން ރުފިޔާ ލިބިފައެވެ. މީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ލިބުނު ވަރަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރު އޮގަސްޓްމަހު މުދަކލު ޒަކާތުގެ ގޮތުގައި ލިބުނީ 8.5 މިލިއަން ރުފިޔާ އެވެ.
މި އަދަދާއި އެކު މިއަހަރުގެ ފުރަތަމަ އަށްމަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ވަނީ 104.4 މިލިއަން ރުފިޔާ ލިބިފަ އެވެ. މީ މދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 27 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ އަށްމަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 82.1 މިލިއަން ރުފިޔާ އެވެ.
ޒަކާތު ހައުސްއިން ބުނީ މިދިިޔަ ޖުލައިމަހު މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ލިބިފައިވާކަމަށެ ވެ.
ޖުލައި މަހު ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އެމަހު ޒަކާތު ހައުސްއިން އެންމެ ބޮޑު އަދަދެއް ހޭދަކުރީ ފަގީރުންނާއި މިސްކީނުންނަށްކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. އެގޮތުން ފަގީރުންނާއި މިސްކީނުންނަށް 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. މީގެއިތުރުން އަސާސީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް 155,950 ރުފިޔާ ދޫކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
މުދަލު ޒަކާތް ދޫކުރި ބައިތަކާއި އަދަދުތައް
ޒަކާތު ހައުސްއިން ބުނީ ޖުލައި މަހު ޒަކާތު ފަންޑުން ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންނަށް މިދިޔަ މަހު މުދަލު ޒަކާތުން 189،372.49 ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;