ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ގެ މަގާމަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

Advertisement
ފުލުހުން ބުނީ މި މަގާމަށް 29 މީހަކު ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ވަޒީފާއަށް މަހަކު މުސާރައިގެ ގޮތުގައި 17,175.00 ރުފިޔާ ލިބޭނެކަމަށް ފުލުހުން ބުނެ އެވެ.
މަގާމުގެ ޝަރުތުތައް
- ގްރޭޑް 10 ނިންމާފައިވުން؛
- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން؛
- ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި، އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވުން؛
- ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ 03 އަހަރުދުވަސް ވެފައިވާ މީހަކު ކަމުގައި ވުން؛
- ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުން؛
- ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްޙަތާއި އަޚްލާާޤާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ޤާނޫނުއަސާސީއާއި ޤާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިޚާބީ މަޤާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
- ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޯމުން ހުށައެޅުމަށް ފުލުހުން އެދެ އެވެ.