ads
އައިފޯން ޑުއޯ: ފޮޓޯ އެޕަލް
އެޕަލްއިން ތައާރަފްކުރި ފުރަތަމަ ފޯލްޑަބަލް ފޯނަށް ބޮޑު ފާޑުކިއުން ބޮޑުވެއްޖެ
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ތައާރަފްކުރި އެ ކުންފުނީގެ އެންމެ ފުރަތަމަ ފަތާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ޑިޒައިނަށް، ހާއްސަކޮށް ވައަތު އަތް ބޭނުންކުރާ މީހުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފި އެވެ.
Advertisement

މިދިޔަ ހަފްތާގެ ބުދަ ދުވަހު މި ފޯނު ރަސްމީކޮށް ދައްކާލާފައިވާއިރު، މިއީ އެންމެ ފުރަތަމަ އައިފޯން ބާޒާރަށް ނެރުނު ފަހުން އެ ފޯނުގެ ބޭރުގެ ބައްޓަމަށް ގެނައި އެންމެ ބޮޑު ތާރީހީ ބަދަލެވެ.

ދެ ސްކްރީން އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑިވައިސްގެ އަގު އުޅެނީ 1،999 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް، މިހާ އަގުބޮޑު ފޯނެއް ނެރުނު ނަމަވެސް، މި ފޯނު ބޭނުންކުރުމުގައި ހުރި އުނިކަންކަން ފާހަގަކޮށް ސޯޝަލް މީޑިއާގައްޔާއި ޓެކްނޮލޮޖީ ފޯރަމްތަކުގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ފޯނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ވައަތު އަތުން ފޯނު ބޭނުންކުރާ މީހުންނަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ދެ ސްކްރީން ހިމެނޭ ގޮތަށް ހެދި ނަމަވެސް، ފޯނު ފަރުމާކޮށްފައި ވަނީ ހަމައެކަނި ކަނާތް ބޭނުންކުރާ މީހުންނަށް ވިސްނައިގެންނެވެ.

މި އުނިކަމުގެ ސަބަބުން، ވައަތު އަތުން ފޯނު ހިފައިގެން އުޅޭއިރު ފޯނު ބޭނުންކުރަން އުނދަގޫވެ، ބައެއް ހާލަތްތަކުގައި މިއީ ބޭނުން ވެސް ނުކުރެވޭ ވަރުގެ ބޮޑު އުނިކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި ބާޒާރަށް މި ފޯނު ނެރުމުގެ ކުރިން މިފަދަ ކަންކަމަށް އެޕަލްއިން ވިސްނާފައި ނުވާތީ އެކަމާ މެދު ކަސްޓަމަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެޕަލްގެ މި އާ އީޖާދަކީ ސްމާޓްފޯނުގެ ދުނިޔެއަށް ގެނައި އިންގިލާބީ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ދެކުނު ނަމަވެސް، ޑިޒައިނަށް އަމާޒުވެފައިވާ މި ފާޑުކިޔުންތަކުގެ ސަބަބުން ފޯނު ގަންނަން ގަސްތުކުރާ ބައެއް ފަރާތްތަކުގެ މެދުގައި ވަނީ ސުވާލުތައް އުފެދިފަ އެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ތަނުގައި މި ފޯނުގެ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;