ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ އެއްކޮށް ހަލާކުވެފައި ކަމަށެވެ. އެކަން ރަނގަޅު ކުރުމަކީ ހަމައެކަނި އެމަނިކުފާނަށާއި އެމަނިކުފާނުގެ ޕާޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒިންމާދާރު ވިސްނުމެއް އިސްނުކުރެވި ބައެއް ފަހަރަށް ސިޔާސީ ބޭފުޅުންނަށް މަސައްކަތްކުރެވިފައި އެބަހުރި ކަމަށެވެ. ނަމަވެސް އެ ގޮތް ދޫކޮށްލުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ގައުމުގެ އިޖުތިމާއީ ފޭރާން މިއަދު އޮތީ ހަލާކުވެފަ އެވެ. ނަމަވެސް އެމަނިކުފާނު އެކަނި ހުންނަވައިގެންނާއި، ޕީއެންސީގެ މެންބަރުން އެކަނި ވާހަކަދައްކައިގެން އެކަން ހައްލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު އިސްކުރުމުގައި ޕީއެންސީގެ ފިކުރު ބިނާކޮށްފައި އޮތީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ހަަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ތަންފިޒުކުރާ ސިޔާސަތުތައް ވެސް ބިނާކޮށްފައި ވާނީ އެ ތިން އަސާސްގެ މައްޗަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސްގެ ތަގުރީރުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް "އެންމެ ފުރަތަމަ ގައުމު" އިސްކުރުމަށް ގޮވާލައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;